ފަލަސްޠީނުގެ ހައްގުގައި، މުޅި ދުނިޔެއަށް ރާއްޖެއިން ދައްކަމުންދާ މިސާލު ރައީސް ޑރ.މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދަވާ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ޣައްސާން ވަނީ، އދގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ރައީސް މުއިއްޒު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފަލަސްޠީނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ދިވެހީން ފަލަސްޠީނާއެކު ތިބިކަން އެމަނިކުފާނު ދައްކަވަމުންދާ ދިޔުމަށް އަލިއަޅުވައިލައްވައިފައެވެ. އަދި އެކަމާ ފަޚުރުވެރިވެވަޑައިގަންނަވާ ކަމުގައި ޣައްސާން ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު އިއްޔެ ވަނީ ބޭރުގެ ބައެއް މީޑިއާތަކާ ވެސް ބައްދަލުކުރައްވައި، ފަލަސްޠީނުގެ ދިފާޢުގައި އަޑު އުފުއްލަވައިފައެވެ.
”އެކަމަށްޓަކާ، އަޅުގަނޑުމެން އެންމެން މިތިބީ ވަރަށް ފަޚުރުވެރި ވެފައި، ދިވެހި ހުރިހާ ރައްޔިތުން، ތިބީ ވަރަށް ފަޚުރުވެރިވެފައި.“ ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވިދާޅުވި ގޮތުގައި، އދގައި ތަޤުރީރު ކުރެއްވުމަކީ ދިވެހި ޤައުމުގެ ފަރާތުން ރައީީީސް މުޢިއްޒު ކުރައްވަވާ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.
އދގެ 79 ވަނަ އާއްމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން، ރައީސް މުއިއްޒު ވަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކުރަމުންދާކަން ފާހަގަކުރައްވައި، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ގޮވައިލައްވައިފައެވެ.
އަދި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، އދގެ ފުރިހަމަ މެމްބަރުކަން ދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.
އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީީސް މުއިއްޒު ވަނީ، ފަލަސްޠީނުގެ ރައީސް މަހުމޫދު އައްބާސްއާ ވެސް ބައްދަލު ކުރައްވަވައި، ރާއްޖެ އަބަދުވެސް ފަލަސްޠީނަށް ތާއީދު ކުރުމުގައި ދެމިހުންނާނެކަމުގެ ޔަޤީންކަން އަރުވައިފައެވެ.
ު

