މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސް (މެޓް) އިން މި އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ގއ.އަތޮޅަށެވެ.

މެޓް އޮފީހުން ބުނީ އެލާޓް ނެރެފައިވާ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ހާމަކުރި ގޮތުގައި މާދަމާ މެންދުރުފަހުން ފެށިގެން ވިއްސާރަ އަލިވާނެއެވެ.