ފުލުހުންގެ ދައުރަށް ހުރަސްއެޅި މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ސިޓީ, މ. ސަލާސާ, އުމުރުން 31 އަހަރުގެ މޫސާ ފާޒިލް ކަމަށެވެ.

ފުލުހުން ބުނީ އިއްޔެ މެންދުރުފަހު 2:25 ހާއިރު ހުޅުމާލެ ފްލެޓް 4 ކައިރިން ހިނގާފައިދަމުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 3 ސެލޯފިން ކޮޅު ފާޒިލް އެއްލާލި ކަމަށެވެ.

އެ މަންޒަރު އެތަން ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށް ފެނުނު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފާޒިލް ހުއްޓުވާ ސުވާލުކޮށް, ބޮޑީ ޗެކް ކުރަން އެދުމުން ގަދަ ހަދާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅި ކަމަށެވެ.

އެހެންވެ, ބާރުގެ ބޭނުންކޮށްގެން ފާޒިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.