ހއ. ހޯރަފުށީ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުން ހިމެނޭ ކަމަށެވެ.

ހަމައެއާއެކު ޖިއޯބޭގް ރިވެޓްމަންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއަކީ 5.99 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ރާއްޖެއަށް އުމްރާނީ ތަރައްގީ ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ހިންގާ ގިނަ ޕްރޮޖެކްޓަތުކުގެ މަސައްކަތްތައް ހަވާލުކޮށް އަދި ފުރިހަމަ ކަމާއެކު އެމަސައްކަތްތައް ވަގުތަށް ނިންމާ ކުންފުންޏެކެވެ.