ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ބަންދުގައި ޖަލުގައި ހުއްޓައި މި މަހު ޖަންޖެހިފައި ހުއްޓައި ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިފިއެވެ.
ގ. އެއްތެޔޮމާގޭ އުމުރުން 62 އަހަރުގެ ޢަބްދުލް ޣަނީ އިސްމާޢީލް މާފުށީ ޖަލުގައި ހުންނަ ގޮޅީގައި ދަންޖެހިފައި ހުއްޓައި ފެނިފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 6:52 ހާއިރުއެވެ.
އެ މަންޒަރު ފެނުނީ، އޭނާ ހުންނަ ގޮޅިއަށް ސައި ހިފައިގެން ދިޔަ ޖަލު އޮފިސަރަކަށެވެ.
ފުލުހުން ބުނީ، އިއްޔެގެ ވަގުތެއްގައި އޭނާގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވައިލެވިފައި ކަމަށެވެ.
އެމީހާއަކީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑު އޮތް މީހެއް ކަމަށްވާއިރު، މި މައްސަލަ ކަރެކްޝަންސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

