ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަވަށްޓެރި އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަ މަހުގައި ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.

އިންޑިއާގެ ގިނަ ނޫސްތަކެއްގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހުގެ ދެ ވަނަ ހަފްތާގައެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތާރީހާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި މައުލޫމާތެއް ނުދެއްވައެވެ.

ރައީސް އޮފީހުގައި މި މަހުގެ 10 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި، އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ވަރަށް އަވަހަށް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އޭރު ހީނާ ވިދާޅުވީ އެ ދަތުރުފުޅަށް އެންމެ ރަނގަޅު ތާރީހަކީ ކޮބައި ކަމާމެދު ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި، ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ރާއްޖެ-އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ބަދަހި ވެގެންދާނެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ވަނީ މިދިޔަ ުޖޫން މަހުގެ ދެވަނަ ދުވަހު ވެސް އެ ގައުމަށް ދަތުރުފުޅު ކުރައްވައިފައެވެ.