އިޒްރޭލުން ދިން ހަމަލާތަކެއްގައި، ލުބްނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ މަރުވެފައިވާކަން އެ ޖަމާއަތުން ވެސް ކަށަވަރު ކޮށްދީފިއެވެ.
މިކަން ޔަގީންކޮށްދީ، ހިޒްބުﷲ އިން ނެރުނު ބަޔާނުގައި ބުނީ ނަސްރުﷲ މަރާލިޔަސް، ”ޣައްޒާ އާއި ފަލަސްޠީނާއި ލުބްނާންގެ ދިފާޢުގައި“ ޔަހޫދީންނާ ހަނގުރާމަ ކުރަމުންދާނެ ކަމަށެވެ.
އިޒްރޭލުން ހޮނިހިރު ދުވަހު ބުނީ، ލުބްނާންގެ ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް ދިން ވައިގެ ހަމަލާތަކެއްގައި ނަސްރުﷲ މަރާލެވިފައިވާ ކަމަށެވެ.
ހިޒްބުﷲގެ ލީޑަރު މަރާލިއިރު ޔަހޫދީން ގެންދަނީ ފަލަސްޠީނުގެ ޣައްޒާއަށް ވެސް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 41000 މީހުން ޝަހީދުކޮށްލައިފައިވެއެވެ.

