ކ.ތިލަފުށީގައި އެހެލާފައި އޮތް ޑިންގީއެއްގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައިގެން މާލެ ސަރަހައްދުގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ، ދިގު މިނުގައި 25 ފޫޓު ހުންނަ އެ ޑިންގީގައި އަލިފާން ރޯވިކަމުގެ ރިޕޯޓު ރޭ 00:24 ހާއިރު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ތިލަފުށި ފަޔަރ ސްޓޭޝަނަށް ލިބުމާއެކު ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަަމަށެވެ.
މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ޑިންގީއަށް އެއްވެސް ގެއްލުމެއް ނުވަނީސް އަލިފާން ނިއްވާލެވުނު ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

