ދ.ކުޑަހުވަދޫ ކައިރީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:30 ހާއިރު ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތުގައި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އިތުުރު މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެއެވެ.
ސޯޝަލް މީޑީއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ މަސްދޯންޏެއްގެ ފަހަތުގައި އަލިފާން ރޯވެފައިވާ މަންޒަރުއެވެ. އަދި އެ އަލިފާންގަނޑު ފެތުރިގެންދާ މަންޒަރުވެސް އެ ވީޑީއޯ އިން ފެނެއެވެ.
ފުލުހުން ބުނީ، އަދިވެސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
(ތަފްސީލު އަންނަނީ…..)

