ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮރިން މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަކަށް އައްޔަން ކުރައްވައި، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޙަލީލް ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ
މި ބަދަލު ގެންނަން އެމަނިކުުފާނު ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
އެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ ޕީޕީއެމްގެ ކުރީގެ ސަރުކާރުގެ އެ މިނިސްޓްރީ ހިންގުމުގައި ހުންނެވި މިހާރުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމެވެ.
ރައީސް އޮފީހުން ވިދާޅުވީ ރައީސް މުއިއްޒު ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވާފައިވާ ކަަމަށެވެ.
މިގޮތުން މިއަދު މެންދުރުފަހު މިކަމަށްޓަކައި ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި މަގާމުތަަަށް ބޭފުޅުން ވަނީ އައްޔަން ކުރައްވާފައެވެ.

