އުސްފަސްގަނޑާއި ދިމާލު ކަނޑުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުސްފަސްގަނޑާ ދިމާލު ކަނޑުމަތިން މީހަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓެއް ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ، ކަނޑުމަތީގައި މީހަކު ނިޔާވެފައި އޮތް ކަމަށް 5:06 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެއީ ދިވެހި ފިރިހެނެއްކަން މިހާތަނަށް ބެލި ބެލުމުން ައެނގިފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

އެ މީހާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސްފައި ކަމަށާއި، އައިޖީއެމްއެޗްއަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ވެސް ބުންޏެވެ.

ނިޔާވެފައި އޮއްވާ ފެނުނީ ހ.ވެލަސްފަރުގެ އުމުރުން 62 އަހަރުގެ އިބްރާހީމް ޖައުހަރެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.