ދިވެހީން ތައްޔާރު ކުރާ ގިނަ ކެއުންތަކުގައި އެންމެ ގިނައިން ބޭނުންކުރާ އެކައްޗަކަށް ފިޔާ ވާނެކަން ޔަގީނެވެ.
ގިނައިން ފިޔާ ކޮށަން ނުވަތަ ގާނަން ޖެހޭއިރު، ”ރޯން“ ޖެހުމަކީ މިކަން ކުރަން ފޫހިވާ ސަބަބެއް ކަމަށް މީހުން ބުނެއެވެ.
ފިޔާ ދިލައިން ލޮލަށް ކުރާ ބާރުން، އެ ކޮށާ މީހާ ”ރޮއްވާލާ“ މައްސަލައަށް މިއޮތީ ހައްލެކެވެ.
ޓިކްޓޮކްގައި ކެއްކުމާ ގުޅޭ ޓިޕްސްތައް ހިއްސާ ކުރާ އެކި ފަރާތްތަކުން ބުނާގޮތުގައި، ފިޔާ ކޮށާއިރު، ކަޓިން ބޯޑު ކައިރީގައި ޕޭޕާ ޓިޝޫއެއް ތެންމާލާފައި ބޭއްވުމުން ލޮލަށް އުނދަގޫ ނުވާނެއެވެ. މިއީ ފިޔާ ކޮށާއިރު ރޯން ނުޖެހޭނެ ގޮތެއް ކަމަށް ވެއެވެ.
މިގޮތަށް ދިމާވަނީ، ފިޔަލުން އަރާ ދިލަ، ތިބާގެ ލޮލުގެ ބަދަލުގައި ތެތް ކަރުދާސް ޓިޝޫއަށް ދަމާލާނެތީއެވެ.
އަހަރުމެންނަކީ ކައްކާއިރު އަބަދުވެސް ފިޔާ ބޭނުން ކުރަން ޖެހޭ ބަޔަކަށްވާއިރު، މިއޮތީ ފިޔާ ކޮށާއިރު ރޮވޭ މައްސަލައަށް ރަނގަޅު ހައްލެއް ނޫންތޯއެވެ؟ އަޖުމަ ބަލާލައްޗެވެ.

