ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އެ އޮފީހުން ބުނީ މި ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.
މި ޖަލްސާގައި ހާފިޒު ކަމުގެ ސަނަދު ހާސިލުކުރި ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ޖަލްސާގައި 28 ހާފިޒަކަށް ރައީސް އިނާމު ދެއްވާނެއެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްއާހިރު މަހުގެ ދެ ވަނަ ދުވަހެވެ.
މި ދުވަސް ފާހަގަކުރަނީ އެއިރު ރަސްކަމުގައި ހުންނެވި މަހާރަދުން އިސްލާމްދީން ގަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީއުލްއާހިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ.

