ބްރޯޑްކާސްޓް ކުރުމަކީ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާބދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ، ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ ދިވެހިރާއްޖެއާ ދިވެހި ގައުމުގެ ހައްގުގައި ވަކާލާތު ކުރުން ކަމުގައެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ”ބްރޯޑްކާސްޓް ދުވަސް“ގެ ގޮތުގައި ހަމަޖައްސައި އެ ދުވަސް ގައުމީ ފެންވަރެއްގައި ފާހަގަ ކުރުމަށް މޯލްޑްވިސް ބޮރޯޑްކާސްޓިން ކޮމިޝަނުން ނިންމީ 2013 ވަނަ އަހަރުގައެވެ.

”ބްރޯޑްކާސްޓް ދުވަސް“ގެ ގޮތުގައި އޮކްޓޯބަރު 4 ފާހަގަކުރުމަށް ކޮމިޝަނުން ނިންމީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރޯޑްކާސްޓް ސިގުނަލެއް ފޮނުވި ދުވަހަކީ އެއީ ކަމަށް ތާރީޚި ލިއުންތަކުން ދައްކާތީ އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.