ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މޫސުން މިއަދު ވެސް ގޯސްވާނެ ކަމަށް ލަފާކޮށް އުތުރަށް ޔެލޯ އެލާޓު އަދި ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މިގޮތުން މެޓުން ޔެލޯ އެލާޓު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށެވެ. އެއީ މިއަދު ހެނދުނު 7:00 އިން 11:00 އަށެވެ. ި

މެޓުން ބުނީ މި އެލާޓުގައި ގަޑިއަކު 25 މޭލާއި 30 މޭކާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓުން ވައިޓު އެލާޓު މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ. އެއީ ހެނދުނު 7:00 އިން މެންދުރު 13:00 އަށެވެ.

މެޓުން ބުނީ މި އެލާޓުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށާއިގެންވާ ކަމަށެވެ.

އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.