ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް ބ. ކަމަދޫގައި ބޭއްވި އީދު ޝޯތަކުން މަޝްހޫރުވި ނެށުންތެރިޔާ އާމިނަތު ޒާރާއާ ކައިވެނި ބައްލަވައިގެންފިއެވެ.
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު މި ކައިވެނި ކުރެވިގެން ދިޔައީ އިއްޔެ ހަވީރު ސިޔާމްގެ އޮޅުވެލި ރިސޯޓުގައެވެ.
މި ކައިވެނީގެ ހަފްލާގައި ޒާރާގެ އާއިލާގެ ގިނަ މީހުން ބައިވެރިިވިއެވެ.
ކައިވެނީގެ ރަނަކީ ދެ ގެސްޓްހައުސް ކަމަށް އަޑު ފެތުރުނަސް، އެއީ ހަގީގަތެއް ނޫން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓު ކުރެއެވެ. އެގޮތުން ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ރަނަކީ 2024 ރުފިޔާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
ސިޔާމްގެ އުމުރުން 55 އަހަރު ވެފައިވާއިރު، ޒާރާގެ އުމުރަކީ 23 އަހަރެވެ. ޒާރާ އާއި ސިޔާމްގެ ކައިވެނީގެ ”ރަނުގެ ދަރުބާރު“ގައި ޒާރާ ވަނީ ސިޔާމްއަށް ހާއްސަ ލަވައެއް ވެސް ހުށަހަޅައިދީފައެވެ.
މި ކައިވެނީގެ ފޮޓޯތަކާ ވީޑިއޯތައް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ ހޯދައިފައެވެ.

