މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މާޅޮސްމަޑުލު އުތުރުބުރިން ފެށިގެން ފެލިދެއަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓުން މި އެ އެލާޓް ނެރުނީ މިއަދު ހެނދުނު 11 އިން ފެށިގެން މެންދުރުފަހު ތިނަކާ ހަމައަށެެވެ.

އެ އޮފީހުން ބުނީ އެ ގަޑިތަކުގައި މާޅޮސްމަޑުލު އުތުރުބުރިން ފެށިގެން ފެލިދެއަތޮޅާ ހަމައަށް ގަޑިއަކު 24 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށެވެ.

ހަމަ އެހެންމެ އެ ވަގުތުތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާކޮށްފައިވެއެވެ.