އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބު އިސްމާއީލް އައްޔަންކުރުމަށް ނިންމަވާ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވަނީ އީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން އެކަމަށް އިޖާބަ ދެއްވި ބޭފުޅުންގެ ތެރެއިން ހަސީބު އެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން އަބްދުލް ހަސީބް އިސްމާއީލްގެ ނަން ފާސްކޮށްދެއްވުން އެދިވަޑައިގަންނަވާ ކަމަށް ސިޓީގައިވެއެވެ.
މިދިޔަ މަހުގައި އީސީގެ މެމްބަރުކަމަށް ހުޅުވައިލީ އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގުގެ މެންބަރުކަމުގެ ދައުރު ނޮވެމްބަރު 24 އަށް ހަމަވާތީއެވެ.
ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގައެވެ.

