ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ އިތުރު ފިޔަވަޅެއްގެ ގޮތުން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް ވިދާޅުވީ، ‏ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް ތިރީގައިވާ ގޮތަށް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ނިންމާފައިވާ ކަމަށެވެ.

 

ރައީސް މިފަދަ ނިންމެވުމެއް ނިންމެވިއިރު، ރާއްޖެއަށް ވޭޕް އެތެރެކޮށް ވިއްކައި، ބޭނުން ކުރުން އަންނަ މަހުން ފެށިގެން މަނާ ކުރުމަށް ވެސް އެމަނިކުފާނު ވަނީ ނިންމަވައިފައެވެ.

 

(އިތުރު ތަފްސީލް އަންނަނީ….)