އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ތަނެއްގައި ޖެހިގެން ހިނގައިދިޔަ ހިތާމަވެރި ހާދިސާއެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، އެއާޕޯޓް ލަގެޖު އުފުލާ އުޅަނދެއް ދުއްވާފައި ދަނިކޮށް، އެޕްރޮން އޭރިއާގައި، ލައިޓް އާއި ކެމެރާ ހަރުކޮށްފައިހުރި ސްޓްރަކްޗަރ އެއްގެ ބުޑުގަނޑުގައިޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އަދި އެ އުޅަނދު ދުއްވަން އިން މީހާ ކްލިނިކަށް ގެންދިޔުމަށްފަހު، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު މިއަދު 9:28 ހާއިރު ލިބުފައިވާ ކަމަށެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ، ކްލިނިކަށް ގެންދިޔަ އިރުވެސް އޭނާ މަރުވެފައިވާ ކަމަށާ އައިޖީއެމްއެޗަށް ގެންގޮސް އިތުރަށް ބެލިބެލުމުން ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މި ހާދިސާގައި ނިޔާވީ، އުޅަނދު ދުއްވަން ހުރި، އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.