ތ. ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކިނބިދޫ ބިން ހިއްކުމުގެ މަޝްރޫއުގެ 30 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ.

ކިނބިދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އެޕްރިލް 18 ގައެވެ. އެ މަޝްރޫއުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 25 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.

148.2 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ.