ކުރީގެ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ޑރ. ފައިރޫޝް، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލުކޮށްފިއެވެ.

ފައިރޫޝް ހޯމް މިނިސްޓްރީއަށް ބަދަލުކޮށްފައިވާއިރު، އޭނާ ކުރިން ހުންނެވީ ހަޔަރ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.

އޭނާ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއަށް ބަދަލު ކޮށްފައި ވަނީ، މިދިޔަ ޖެނުއަރީ މަހުގައެވެ.

މި ބަދަލާ ގުޅިގެން ފައިރޫޝް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި  ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ކުރެވުނު މަސައްކަތްތަކާއި މެދު ހިތްހަމަޖެހުން ފާޅުކުރެއްވިއެވެ.

އަދި އެ މިނިސްޓްރީގެ އިސްވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ.