ރ. އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން ފޭބި މީހަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ އެރަށު ކަޝްމީރު، ނަބީހު ހުސެއިން، 24އ.އެވެ.
ފުލުހުން ބުނީ އަލިފުށި ކަނޑުތޮށި ކައިރިއަށް މަސް ހިފަން މޫދަށް ފޭބި ތިން މީހުންގެ ތެރެއިން އެކަކު މައްޗަށް ނާރައި އަޑީގައި އޮތް ކަމަށް މިއަދު 12:08 ހާއިރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މީހާ ނަގައިގެން އެރަށު ހެލްތު ސެންޓަރަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

