މާލެއަތޮޅު ގުޅިފަޅު ކައިރިން ދެ ލޯންޗެއް ޖެހި މިރޭ ހިނގި އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާ ވެއްޖެއެވެ.
މި އެކްސިޑެންޓު ހިނގައިގެން އެ ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ އިރާކޮޅު 19:34 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.
މިއެކްސިޑެންޓް ހިނގާފައިވަނީ ގްރޭންޑް ޕާކް ކޮއްދިއްޕަރު ޕީކޭޑީ-10 ކިޔާ ލޯންޗަކާއި ފެރިދޫ ޓުއާޒްގެ ސެނޯރާ ކިޔާ ލޯންޗެއް ޖެހިގެންނެެވެ.
އެ މީހުންނަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

