ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އަލީ ސަމީރު އިސްތިއުފާ ދެއްވައިފިއެވެ.

ސަމީރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ޕީޖީ އޮފީހުގައި އޭނާގެ އެންމެ ފަހު ދުވަސް ކަމަށެވެ.
އަދި އެކުގައި މަސައްކަތްކުރި އެންމެންނަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ސަމީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ސަމީރު ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވީ 2022 ވަނަ އަހަރުގެ މެއި މަހުގައެވެ.

ޑެޕިއުޓީ ޕީޖީއަކަށް މިހާރު ހުންނެވީ މަހުމޫދު ސަލީމް އެކަންޏެވެ.

އެ މަގާމަށް ބޭފުޅުން އައްޔަނު ކުރައްވައި، ވަކިކުރައްވަނީ ޕްރޮސެކިއުޓާ ޖެނެރަލެވެ.