ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނަގަން ފަށައިފިއެވެ.

ގުޅިފަޅުން 3520 ގޯތި ދޫކުރަން ވަނީ ހަމަޖައްސައިފައެވެ.

މިހާރު ކުރިއަށްދާ ގުރު ނެގުން ކުރިއަށް ދަނީ މިއަދު ހެނދުނުން ފެށިގެން ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

 

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުން ކުރިއަށް

 

މިގޮތުން ޕްލޮޓް ހަވާލުކޮށްފައިވާ ފަރާތްތަކާއި ޕްލޮޓް ހަވާލުނުކޮށް ތިބި ފަރާތްތަކާއި ގިރާވަރު ފަޅުން ލިބިފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލުކުރި ފަރާތްތަކުގެ ގޯތީގެ ގުރުއަތުލުން ވެސް ކުރިއަށްދާނެ ކަމަށް ހައުސިންގް ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން ބުންޏެވެ.

ބިން ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ގުރުއަތުލުގައި ބައިވެރިވާން ބޭނުންވާ ނަމަ ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމަކާއި އައިޑީކާޑްގެ ކޮޕީ ގެންދަންވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

 

ގުޅިފަޅުން ގޯތި ލިބުނު މީހުންގެ މެދުގައި އަލުން ގުރުއަތު ނެގުން ކުރިއަށް

އެ މިނިސްޓްރީން ކުރިން ގެޒެޓް ކުރި އިއުލާނެއްގައި ބުނެފައި ވަނީ ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ކުރިން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށެވެ. އަލުން ގުރު ނަގަނީ އެ ސަބަބާ ގުޅިގެންނެވެ.