ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތުރުކީވިލާތުގެ 101 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރްދުޣާނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު އުރްދުޣާނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ވަނީ ރާއްޖެ އާއި ތުރުކީވިލާތުގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިތުބާރުގެ ބިންގާގެ މަތީގައި ބިނާކޮށްފައިވާ ވަރުގަދަ، ބަދަހި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ މެސެޖުގައިވރާއްޖެ އާއި ތުރުކީވިލާތުގެ 45 އަހަރުވީ ހާރިޖީ ގުޅުމުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވައިފައެވެ.
ރައީސް ވަނީ ޖޯގްރަފީ ގޮތުން ދެ ގައުމުގެ ދެމެދުގައިވާ ދުރުމިން ކިތަންމެ ދުރުކަމުގައިވިޔަސް، ބައިލެޓަރަލް އަދި މަލްޓިލެޓަރަލް މައިދާންތަކުގައި ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ފުރާފުރިހަމަވަމުން ދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވަނީ އުރްދުގާނަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، ތުރުކީވިލާތުގައި އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގެންފައެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގައި އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ތުރުކީއެވެ.

