‏މިއަދާ ހަމައަށް މަސްވެރިންނަށް ނުދެވިހުރި ފައިސާގެ ޖުމުލަ އަދަދު އެ ފަރާތްތަކަށް ރައްދުކުރުމަށް މިފްކޯއާ ހަވާލުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މެނިފެސްޓޯގައިވާ ފަދައިން 48 ގަޑިއިރު ތެރޭގައި ދެމެހެއްޓެނިވި ގޮތެއްގައި، މަސްވެރިންނަށް ފައިސާ ދެވޭނޭ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

މިއަދުގެ ރައްޔތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވެސް ވަނީ މަސްކިރުވުމަށްފަހު މަސްވެރިންނަށް މިފްކޯ އިން ދޭންޖެހޭ ފައިސާ މާދަމާ ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ޝިޔާމް ވަނީ މަސްވެރިންނަށް މިހާރު ނުދެވި ހުރީ 16 މިލިއަން ރުފިޔާ ކަމަށް ވިދާޅުވެފައެވެ.

އަދި އެ ފައިސާ ޖަމާ ކުރުމުގެ މަސައްކަތް ފިނޭންސުން ކުރަމުން އަންނަކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

(ތަފްސީލު އަންނަނީ……..)