ބޭނުންވާނެ ތަކެތި:

100 ގްރާމް އައިސް (3/4 ޖޯޑުގެ އައިސް ކިއުބް)

20 ގްރާމް (2 ސައި ސަމުސާ) އިންސްޓެންޓް ކޮފީ

80 ގްރާމް ހަކުރު (1/2 ޖޯޑު)

100 އެމްއެލް ކިރު (1/2 ޖޯޑު)

 

ތައްޔާރު ކުރާނެ ގޮތް:

އައިސް ކިއުބާއި، ކޮފީ، ހަކުރު އަދި ކިރު މިކްސަރަށް އަޅައި ރަނގަޅަށް ބްލެންޑް ކޮށްލާށެވެ. ބްލެންޑް ކުރި ބައި ޖޯޑަކަށް އަޅައި، އެއްވަރުކޮށްލައި، އޭގެ މައްޗަށް ކޮކޯ ޕައުޑަރުކޮޅެއް ބުރުވައިލާށެވެ. މިއީ އެންމެ ފަސޭހަކޮށް ކޮފީ މޫސް ހެދޭނެ ގޮތެވެ. އިތުރު ބާވަތްތައް ބޭނުންކޮށްގެން، އެހެން ގޮތްތަށް ވެސް ކޮފީ މޫސް ތައްޔާރު ކުރެއެވެ.