ދިވެހިރާއްޖެއަށް ފަސް ވަނަ ފަހަރަށް ”ވޯލްޑް ލީޑިން ޑެސްޓިނޭޝަން“ގެ އެވޯޑު ލިބިއްޖެއެވެ.
ޕޯޗުގަލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑުގެ އިތުރުން ރާއްޖެއަށް ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ލިބިފައިވެއެވެ.
މި ދެ އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލެވެ.
އެވޯޑުތައް ރާއްޖެއަށް ލިބުމާ ގުޅިގެން މިނިސްޓަރު ފައިސަލް ވިދާޅުވީ، މިފަދަ އެވޯޑުތައް ރާއްޖެއަށް ލިބެނީ ދާއިރާގެ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.
އަދި މި ލިބިގެންދިޔަ އެވޯޑުތަކާއެކުގައި، ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް މަގުފަހިވާ ކަމަށް ވެސް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.
އަދި، ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑު ލިބުމަކީ ދާއިރާއަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

