ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާތީ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައެޅި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރު އަލްއުސްތާޛު މުހައްމަދު ރާޣިބު އަހްމަދު އެ މަގާމުން ވަކިކޮށްފިއެވެ.

ހީނާ މިކަން ހާމަކުރެއްވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ހީނާ ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުން އުވާލުމަށް ދައުލަތާ ދެކޮޅަށް ކޯޓަށް ދިއުމާ ގުޅިގެން ޑެޕިއުޓީ މިނިސްޓަރު ރާޣިބު މިއަދު އެ މަގާމުން ރައީސުލްޖުމްހޫރިއްޔާ ވަކިކުރައްވައިފައިވާ ކަމަށެވެ.

ރާޣިބު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވިއިރު، ތިނަދޫއަކީ ގާނޫނުގައި ބުނާ 10،000 މެމްބަރުން ހަމަވާ ރަށެއް ނޫން ކަމަށެވެ.

އަދި އޭރު އެ ނިންމުން ނިންމާފައިވަނީ ރަށު ކައުންސިލުން އާބާދީގެ ރަސްމީ އަދަދު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އޮޅުވާލައިގެން ދީފައިިވާ ދޮގު މައުލޫމާތުގެ މައްޗަށް ބިނާކޮށްކަމަށްވެސް މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުުރުން، އޭރު އާބާދީ ލިސްޓުގައި 10،150 މީހުން ހަމަވާކަމަށް ފެންނަން އޮތީ އެކެއްގެ ނަމުގައި ޑުޕްލިކޭޓްކޮށް އައިޑީކާޑުު ހަދައި، ތަކުރާރުކޮށް ނަންތައް ހިމަނައިގެންކަންވެސް ފާހަގަކޮށްފައިވެއެވެ.

ތިނަދޫޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އޭރު ރައީސް ނެރުއްވި ޤަރާރު ބާތިލުކޮށްދެއްވުމަށާއި، ގަރާރަށް އަމަލު ކުރުމުގެ ގޮތުން މިހާތަނަށް ނިންމާފައިވާ ނިންމުންތައް ގާނޫނީ ހަމަތަކުގެ މަތިން ބާތިލުކަމަށް ކަނޑައަޅުއްވައިދެއްވުމަށް މައްސަލައިގައި އެދިފައިވެއެވެ.