އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާ އައު ސަފީރަކަށް، ޖީ. ބަލަސުބްރަމާނިއަން އައްޔަންކުރަން ނިންމައިފިއެވެ.

މި މަގާމުގައި ކުރިން ހުންނެވީ، މުނޫ މަހާވަރެވެ. އޭނާގެ ދައުރު މި މަހު ހަމަވާނެއެވެ. އޭނާ މަގާމަށް އައްޔަން ކުރެއްވީ 2021 ވަނަ އަހަރުއެވެ.

ބަލަސުބްރަމާނިއަމަކީ މި ވަގުތު އިންޑިއާއިން ނައިޖީރިއާއަށް ކަނޑައަޅައިފައި ހުންނަވާ ސަފީރެވެ. އޭނާ އަންނަނީ 1998 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުންނެވެ.