ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގައި އާއްމު ސިއްހަތަށް ގެއްލުންވާ ފަދަ ދެ އެކޮމޮޑޭޝަނެއް ބަލައި ފާސްކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ އެ އިދާރާގެ ޓާސްކު ފޯހުން ރޭ ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި އާންމު ސިއްހަތަށް ގެއްލުންވާގޮތަށް ހުޅުމާލޭގައި ބިދޭސީން ދިރިއުޅެމުންދާ ދެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބަލައި ފާސްކޮށްފައި ކަމަށެވެ.
އެގޮތުން ފުރަތަމަ ބަލާފައިވާ ތަނުން ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީ ނުވަ ފިރިހެނުން އަދި ދެވަނަ ތަނުން ބިދޭސީ ތިން އަންހެނަކާއި ދެ ފިރިހެނުން ހިމެނޭހެން ޖުމްލަ 14 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި 5000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްލައިފައެވެ.

