ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައިވާ ސަފީރުކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް ފުއާދު ތައުފީގު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އީސީގައި ފުއާދުގެ ދައުރު ހަމަވީ މި އަހަރުގެ 23 ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ.

ހަމަ އެ ހަފްތާގައި ރައީސް މުއިއްޒު ވަނީ ފުއާދުގެ ނަން ވަނީ ތައިލެންޑް ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައެވެ.

މިއަދު އެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމީ ތައިލެންޑު ސަފީރުކަމަށް ފުއާދުގެ ޝަރުތު ހަމަވާ ކަމަށެވެ.

އެއާއެކު ކޮމިޓީގެ އިއްތިފާގުން، ނުވަ މެންބަރުންގެ ވޯޓާއެކު ފުއާދު އެ މަގާމަށް އައްޔަނުކުރުމަށް ވަނީ ރުހުން ދީފައެވެ.

ދެ ދައުރު އީސީގެ ރައީސްކަން ކުރެއްވި ފުއާދު އެންމެފަހުން މެމްބަރު ކަމަށް އައްޔަންކޮށްފައި ވަނީ 24 ނޮވެމްބަރު 2019ގައެވެ.