ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހަށް ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަންގް ލިކްސިން ވަދާއީ ޒިޔާރަތް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ސަފީރުކަމުގެ ދައުރުގައި އެކަމަނާ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވައި، ސަފީރަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

އަދި ރާއްޖޭގެ އެކި ދާއިރާތަކަށް ތަރައްގީގެ މަޝްރޫއުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޗައިނާއިން އަދާކުރާ މުހިންމު ދައުރަށް އަލިއަޅުއްވާލެއްވިއެވެ.

ސަފީރު ވަންގް ވަނީ އެކަމަނާގެ ދައުރުގައި ރައީސްއާއި، ދިވެހި ސަރުކާރުން އެކަމަނާއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފު ކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޕާޓްނަރޝިޕަކީ ދެ ގައުމުގެ މެދުގައި އޮންނަ އިހްތިރާމާއި ހިއްސާވާ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާއިން ފަށާފައިވާ މަޝްރޫއުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ ބެހޭގޮތުން މަޝްވަރާކުރައްވައި، އިތުރަށް ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވިއެވެ.