އުރީދޫ މޯލްޑިވްސްގެ ސުޕަރނެޓްގެ ހިދުމަތަށް ގެނެވުނު އަޕްގްރޭޑާއެކު ކަސްޓަމަރުންނަށް އަންލިމިޓެޑް އިންޓަނެޓް ލިބޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން އިއުލާނުކޮށްފިއެވެ.
މިއާއެކު ލިމިޓުގެ ކަންބޮޑުވުންތަކާއި ދުރުވެ 1 ޖީބީޕީއެސްއާ ހަމައަށް ސްޕީޑާއެކު މެދުނުކެނޑި ކަނެކްޓިވިޓީ ލިބިގެންދާނެއެވެ.
މި ސުޕަނެޓް އަންލިމިޓެޑް ޕްލޭންތައް ތައާރަފްކުރުމާއެކު އުރީދޫ މޯލްޑިވްސް އިން ވަނީ ރާއްޖޭގައި އިންޓަނެޓްގެ ހިދުމަތަށް އާ މިންގަނޑެއް ކަނޑައަޅައި، އެންމެންގެ އަތްފޯރާ ފަށަށް އަންލިމިޓަޑް އިންޓަރނެޓް ފޯރުކޮށްދީފައެވެ.
އަންލިމިޓަޑް ސުޕަރނެޓާއެކު::
• އެއްވެސް ހުރަހެއް ނެތި މުޅި ދުވަހު ސްޓްރީމް ކުރުން
• އަލްޓްރާ-ލޯ ލެޓެންސީއާއެކު މެދުކެނޑުމެއް ނެތި ގޭމް ކުޅުން
• ބްރައުޒްކުރުމާއި، މަސައްކަތްކުރުމާއި، ކިޔެވުމާއި އެއްވެސް ހުރަހެއް ނެތި ގުޅާލުން
ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުގެ ތެރޭގައި 25 އެމްބީޕީއެސް އިން ފެށިގެން 1 ޖީބީޕީއެސް އާ ހަމައަށް ބާރު ސްޕީޑް ހިމެނޭއިރު، މި އިތުރު ފައިދާތަކާއެކު ކަނެކްޓެޑް ޑިވައިސްތަކުގެ ބޭނުން ފުރިހަމައަށް ބޭނުންކުރެވޭނެއެވެ.
އުރީދޫން ބުނީ، ފިލްމް މެރެތަންއަކަށް ވިޔަސް، އޮންލައިން ގޭމިން ސެޝަނެއް ވިޔަސް، ވޯކް ފްރޮމް ހޯމް ސެޓަޕެއް ކަމުގައި ވިޔަސް، އުރީދޫގެ ސުޕަނެޓް އަންލިމިޓެޑް ޕްލޭންތަކުން މިހާރު ކަސްޓަމަރުންނަށް ހަގީގަތުގައި އަންލިމިޓެޑް އިންޓަނެޓްގެ ތަޖުރިބާ ލިބޭނެކަން ކަށަވަރު ކޮށްދޭ ކަމަށެވެ.
އުރީދޫ މޯލްޑިވްސްއަކީ ކަސްޓަމަރުން އެންމެ ފުރިހަމަ ޑިޖިޓަލް ތަޖުރިބާތައް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ކުންފުންޏެކެވެ.

