ދިވެހިރާއްޖޭގައި ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ އަކީ ޖުމްހޫރީ ޕާޓީ ކަމަށް އެޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިވަނީ ވީޓީވީން ގެެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައިގައެެވެ.

އަލީ ސޯލިހު ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކުރި މަސައްކަތުން ވަރަށް ގިނަ ވޯޓު ލިބުނު ކަމަށެވެ. އަދި އެފަދަ ނަތީޖާއެއް އެޕާޓީއަށް އަދިވެސް ނެރެވިދާނެކަން އޭނާ ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑުމެންގެ ޕާޓީ ތެރޭގައި އުފެދިފައި އޮތް ރޫހަކީ ވަރަށް ވާދަވެރި ރޫހެއް. އެރޫހުގެ ތެރޭގައި އަޅުގަނޑުމެންގެ ކޮންމެ ބޭފުޅަކުވެސް މަަސައްކަތް ކުރައްވަނީ.“ އަލީ ސޯލިހު ވިދާޅުވިއެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާނެކަން ފާހަގަކުރައްވައި، އަލީ ސޯލިހު ވިދާޅުވީ އިންތިހާބުގައި ވާދަކުރާނީ ކޯލިޝަނެއްގެ ތެރެއިންތޯ، ނުވަތަ އެކަނިތޯ ނިންމާނީ އެޕާޓީގެ ގައުމީ ޖަލްސާގައި ކަަމަށެވެ. މި ޖަލްސާ އޮންނާނީ މިއަހަރުގެ ޑިސެމްބަރުމަހުގައެވެ.