އޮރެންޖަކީ އަނގަޔަށް މީރު، އަދި އެހައިމެ ގިނަ ސިއްހީ ފައިދާތައް ލިއްބައިދޭ މޭވާއެކެވެ.
އާދައިގެ ސައިޒުގެ އޮރެންޖަކުން އިންސާނަކަށް ދުވާލަކު ލިބެންޖެހޭ ފައިބަރު މިންވަރުގެ ތެރެއިން 12 އިންސައްތަ ކަމުގައިވާ ތިން ގުރާމް ފައިބަރު ލިބެއެވެ.
އޮރެންޖުން ލިބޭ ފައިބާއިން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތަށް އެހީވެދީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދީ ނިދަން ފަސޭހަވެއެވެ.
އެއް އޮރެންޖުން އިންސާނަކަށް ދުވާލަކު ވިޓަމިންސީ ބޭނުންވާ މިންވަރުގެ 80 އިންސައްތަ ލިބެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުވަރަގަދަވުމަށް އެހީތެރިވެދީ ހަށިގަނޑުގަ އުފެދޭ ވިހަ މާއްދާތައް ނައްތާލުމަށް އެހީވެދީ ކަސްރަތު ކުރާވަގުތުތަކުގައި ސަރުބީން ހަކަތަ ނެރުމަށް އެހީވެދެއެވެ. އަދި އަންހެނުންނަށް ދިމާވާ ޕީރިއަޑުގެ ދުވަސްވަރު އާއި ޑައިޓުގެ ދުވަސްތަކުގައި ހަށިގަނޑުން ބޭރުވާ ދަގަނޑުގެ ބާވަތްތައް އިއާދަވުމަށް އެހީވެދެއެވެ.
ދުވާލަކު އޮރެންޖެއް ކާނަމަ ކެލޮރީސް، ޕްރޮޓީން، ކާބޯހައިޑްރޭޓްސް، ފައިބާ، ޕޮޓޭސިއަމާއި ކެލްސިއަމް އަދި ފޮސްފަރަސްގެ އިތުރުން ވިޓަމިން ސީ ހަށިގަނޑަށް ލިބޭނެއެވެ.
މީގެ އިތުރުން ވެސް، އޮރެންޖަކީ ގުދުރަތީ މީރު ފޮނި ރަހަ ހުންނަ މެވާއެއްކަމުން ފޮނި އެއްޗެއް ކާހިތްވާ ވަގުތު ތައްޔާރީ ކާނާ އާއި ލުއިކާނާ ކެއުމުގެ ބަދަލުގައި ތާޒާ އޮރެންޖެއް ކާލުމުން ހަށިގަނޑަށްވާ ފައިދާ ބޮޑެވެ.

