އިސްލާމިކް މިނިސްޓްރީން 2025 ވަަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.

އެ މިނިސްޓްރީން ތައްޔާރުކޮށްފައިވާ 2025 ވަނަ އަހަރުގެ ކަލަންޑަރު  އާއްމުކޮށް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވޯލް ކަލަންޑަރު 25 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ޑެސްކު ކަލަންޑަރު ވިއްކުމަށް ހަމަޖެހިފައިވަނީ 50 ރުފިޔާއަށް ކަމަށެވެ.

މި ކަލަންޑަރަކީ ހިޖުރީ ތާރީހާއި މީލާދީ ތާރީހާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތައް އަދި ނަމާދު ވަގުތުތައް އެނގޭނެ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް އިސްލާމިކް މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.