ފޮރިން މިނިސްޓަރު ޑރ.ހަލީލް ރަސްމީ ދަތުރުފުޅެއްގައި އޮމާންއަށް ފުރާވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މިއީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީގެ ދައުވަތަކަށް ޑރ. ހަލީލް ކުރައްވާ ދަތުރުފުޅެކެވެ.

ޑރ. ހަލީލްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ހަލީލްގެ މިދަތުރުފުޅުގައި އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދުއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ މެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯދުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދިނެވެ.