ހައުސިން މިނިސްޓްރީ ހުންނަ އިމާރާތުގައި އަލިފާން ރޯވުމާ ގުޅިގެން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.
ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުނިކުތުން
ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ނުކުތުމުގެ ކުރިން އަނގައާއި ނޭފަތް ނިވާކުރުން
ނޭވާލާ ނިޒާމް އަދި ހިތުގެ ބަލިތައް ހުންނަ ފަރާތަތްކަށް ދުމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރު ބޮޑުވުން އެކަށީގެންވޭ
ގޭގެ ދޮރުތަކާއި ކުޑަދޮރުތައް، ދުން ނުވަންނާނެހެން ބަންދުކުރުން
ނޭވާ ކުރުވުން / ނޭވާލާން އުނދަގޫވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ އެހީތެރިއެއްގެ ލަފާ ހޯއްދަވާ
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބުނުކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.

