Advertisement
ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި

ކ.ގުރައިދޫގައި މަރުވި ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިއަދު މެންދުރު 12:00ގައި އިންޑިއާ އަށް ފޮނުވާލާފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 14ވަނަ ދުވަހުއެވެ.

އެ ކުއްޖާގެ މަރުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން، މައްސަލަ ތަހުގީގު ކުރުމަށްޓަކައި ކުއްޖާގެ ހަށިގަނޑު ބާއްވާފައި އޮތީ ގަލޮޅު މޯޗަރީގައެވެ.