ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫއަށް ދަތުރުކުރި ފެރީއަކުން މޫދަށް ވެއްޓުނު މީހަކު މަރުވެއްޖެއެވެ.

”ސަންއޮންލައިން“އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މޫދަށް ވެއްޓުނު އުމުރުން 24 އަހަރުގެ ޒުވާނަކު މިއަދު ހައެއް ޖަހާލިހާއިރު ގެމަނަފުށީ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައެވެ.

ކަނޑުހުޅުދޫއަށް ނިސްބަތްވާ އެ ޒުވާނާ މަރުކަޒަށް ގެނައިއިރު އެއްވެސް ހަރަކާތެއް ނެތް ކަމަށާއި، އޭރުވެސް އޭނާ ވަނީ މަރުވެފައި ކަމަށްވެސް އެނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.