ފޭރަކީ ހަށިގަނޑަށް ފައިދާ ހުރި އެތައް މާއްދާތަކެއް އެކުލެވިގެންވާ މޭވާ އެކެވެ.
އޭގެތެރެއިން އެއް މާއްދާ އަކީ ކެލްސިއަމެވެ. 165 ގުރާމުގެ ފޭރެއްގައި 50 މިލިގްރާމު ކެލްސިއަމް ހިމެނެއެވެ.
ފޭރުގައި ”ލައިކޯޕީން“ އަދި ”ކުއާސެޓިން“ ފަދަ އެންޓިއޮކްސިޑެންޓް އެކުލެވިގެންވެއެވެ. ހަށިގަނޑުގައި އުފެދޭ ކެންސަރު ސެލްތަކަށް މި މާއްދާތަކުގެ ސަބަބުން ނުރައްކާވެއެވެ. އެގޮތުން ފޭރު ކެއުމުގެ ސަބަބުން އުރަމަތީ ކެންސަރުފަދަ ނުރައްކާތެރި ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އާއްމުކޮށް ފޭރު ބޭނުން ކުރާނަމަ އޭގައި އެކުލެވޭ ވިޓަމިން އީގެ ސަބަބުން ހަންގަނޑު އޮމާން ކޮށް ބަހައްޓައިދެއެވެ. އަދި ވިޓަމިން ބީ3، ބީ6 ގެ ސަބަބުން އަދި ނާރު ތަކުގެ ބާރު ގަދަވެ ލޭގެ ހިނގުމާއި ސިކުނޑީގެ މަސައްކަތްތައް ފުރިހަމަވެގެންދެއެވެ.
ފޭރަކީ އެއިން ގިނަގުނަ ފައިދާތައް ލިބިގެންދާ އެއްޗަކަށް ވީއިރު ތިމާގެ ގޭތެރޭގައި އޮންނަ ހުސް ޖާގައިގައި ފޭރު ގަހެއް އިންދުމަކީ ބޭކާރު ކަމަކަށް ވެގެން ނުދާނެއެވެ.
އަދި ތިމާގެ ކެއުމުގައި ފޭރު ހިމެނުމަކީ ޑަކްޓަރާއި ހަމައަށް ދިއުން ދުރުކޮށްދޭނެ ކަމެއްވެސް މެއެވެ.