އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ލޮސްއެންޖެލިސް(އެލްއޭ)ގައި ރޯވެ އަނދަމުންދާ އަލިފާންގަނޑުތައް އިތުރު ސަރަހައްދުތަކަށް ފެތުރުމުގެ ބިރު އުފެދިފައިވާއިރު، މި އަލިފާންގަނޑު ވަނީ އެލްއޭގެ 37000 އޭކަރުގެ ސަރަހައްދަކަށް ފެތުރިފައެވެ.
ރިޕޯޓުތައް ބުނާގޮތުގައި، އެތައް މިލިއަން ޑޮލަރެއްގެ އިމާރާތް އަނދައި އަޅިއަށްވި މި ކާރިސާގައި މިހައިތަނަށް 12000 އިމާރާތް ވަނީ ބިމާހަމަވެފައެވެ.
އަދި 13 މީހަކު ގެއްލިފައިވާ ކަމަށް ވެސް މީިޑިއާތަކުން ރިޕޯޓް ކުރެއެވެ.
ރޯވެ އަނދަމުންންދާ އަލިފާންގަނޑުގެ ތެރެއިން، ފެލިސޭޑްސް ފަޔަރ އިރުމައްޗަށް ފެތުރިގެން ދިޔުމުގެ ބިރު އުފެދިފައިވާއިރު، އެ އަލިފާންގަނޑުން އަދި ކޮންޓްރޯލް ކުރެވުނީ 11 އިންސައްތައެވެ.

މި ހާދިސާއާ ގުޅިގެން، އެންމެ ރެއެއްގައި، އެލްއޭގެ 153،000 މީހުންނަށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރު ކުރުވިއެވެ.
ހޮލީވުޑްގެ އެންމެ މަޝްހޫރު ބައެއް ތަރިންގެ އެތައް މިލިއަން ޑޮލަރުގެ ގެދޮރު އަނދައި ހުލިވި މި ހާދިސާ ތަޖުރިބާ ކުރި ބައެއް މީހުން މިކަން ސިފަ ކޮށްފައިވަނީ ދުނިޔެ މަތީގައި ”ނަރަކަ“ ފެނުން ފަދަ ގޮތަކަށެވެ.
އަދި އަލިފާނުގައި އަނދައިގެން ދިޔަ އަވަށްތައް ”ހަނގުރާމައިގެ މައިދާން“ތަކެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ.


ކޮބާ މޮޅުހަތިޔާރާ ގަދަބަހުން ކުރެވުނީ ކޮންކަމެއްބާވައެވެ
ﷲގެ ކޯފާގެ ކުރިމަތީ މޮޅު މުއްސަދި ކަމްގެ ބާރު އޮތްބާވައެވެ