ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި ހިންގާ އިގްތިސާދީ އެކިއެކި އިންވެސްޓްމަންޓްތަކުގެ އެންމެ ދަށް އަދަދަކީ 100 މިލިއަން ޑޮލަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގައި ބުނާގޮތުން، އެސްއީޒެޑްގައި ހިންގިދާނެ އިގުތިސާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓްގެ އެންމެ ކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑު އޮފް އިންވެސްޓްމަންޓްސްގެ މަޝްވަރާގެ މަތިން އަހަރަކު އެއްފަހަރު ރައީސްގެ ގަރާރަކުން ކަނޑައަޅަންޖެހެއެވެ.
އެހެންކަމުން ރައީސް ސޮއި ކުރައްވައި މިއަދު ވަނީ، އެސްއީޒެޑްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތަކާއި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު ކަނޑައަޅައި ގެޒެޓު ކޮށްފައެވެ.
އެ އިއުލާނުގައިވާ ގޮތުން އެސްއީޒެޑްގައި ހިންގިދާނޭ އިގްތިސޯދީ މަސައްކަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޖުމްލަ 100 މިލިޔަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދުގެ އިންވެސްޓްމަންޓާއި ޖުމްލަ 500 މިލިޔަން ޑޮލަރަށް ވުރެ ކުޑަ ނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭ ގޮތަށް ތަރައްގީކުރަން ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.
އެގޮތުން، އެސްއީޒެޑްގައި ހިންގިދާނެ އިގްތިސާދީ މަސައްކަތްތައް ކަމުގައި ކަނޑައަޅުއްވާފައިވަނީ، ޖުމުލަ 100 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދުގެ އިންވެސްޓްމަންޓްތަކާއި، ޖުމުލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްޤީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކެވެ.
އެއީ:
(ހ) އެކްސްޕޯޓަށް އިސްކަންދީގެން ހިންގާ މެނުފެކްޗަރިންގގެ އެކި ބާވަތުގެ މަސައްކަތްތައް.
(ށ) ޓްރާންސްޝިޕްމަންޓް ޕޯޓް، އިންޓަރނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއަރޕޯޓް، ބަލްކް ބްރޭކިންގ، ބަންކަރިންގ، ޑޮކިންގ ސަރވިސަސް.
(ނ) ޔުނިވަރސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީތައް.
(ރ) ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ޕާކް، އައިސީޓީއާ ގުޅޭ ފެސިލިޓީތައް.
(ބ) އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް، އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް.
(ޅ) އިޔާދަ ކުރަނިވި ހަކަތައިގެ ދާއިރާ.
(ކ) ރާއްޖޭގައި ނެތް ޓެކްނޮލޮޖީއެއް ރާއްޖެއަށް އާންމުކުރުމަށް ހިންގޭ މަސައްކަތްތައް.
(އ) ފުޑް ސެކިއުރިޓީގެ ދާއިރާ.
(ވ) ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް.
ޖުމްލަ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަނޫން އަދަދެއްގެ އިންވެސްޓްމަންޓް ހިމެނޭގޮތަށް ތަރައްގީ ކުރުމަށް ހުށަހަޅާ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓް މަޝްރޫއުތަކުގައި މިނިމަމް އިންވެސްޓްމަންޓުގެ ގޮތުގައި ކަނޑައަޅައިފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރު ހާއްސަ ކުރަންވާނީ ސަސްޓެއިނަބަލް ޓައުންޝިޕް ޑިވެލޮޕްމަންޓުގެ ކޮމްޕޯނަންޓްތަކަށް ކަމަށްވެސް ގަރާރުގައި ކަނޑައަޅުއްވާފައިވެއެވެ.

