އިޒްރޭލާ ހަމާސްއާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމުގެ ދަށުން، ޔަހޫދީންގެ ޖަލުތަކުގައި ތިބި 90 ގައިދީން މިނިވަން ކޮށްފިއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށަ އަމަލު ކުރަން ފެށީ އާދިއްތަ ދުވަހުއެވެ. މި އެއްބަސްވުމުގައިވާ ގޮތުން، ހަމާސްގެ ބެލުމުގައި ދަށުގައި ތިބި އިޒްރޭލްގެ އަސީރުން ވެސް ދޫކޮށްލައިފައިވެއެވެ.
15 މަސް ދުވަސް ފަހުން ޣައްޒާއަށް ބޮން އެޅުން ހުއްޓައިލުމުން ފަލަސްތީނުގެ ރައްޔިތުން ދަނީ އެ މީހުންގެ ގެތަކަށް އެނބުރި އަންނަމުންނެވެ. އަދި އެ މީހުން ތިބީ، ކާބޯތަކެއްޗާއި ސިއްހީ އެހީތެރިކަން ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ.
ހަނގުރާމަ ހުއްޓައިލި ފަހުން ޣައްޒާއަށް ހަމަނޭވާލާން ފުރުސަތެއް ލިބުނުއިރު، ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ލޯބިވާ އާއިލާގެ ގެއްލިފައިވާ މެމްބަރުންގެ ހަށިތައް ފެނޭތޯ ވެސް ވަނީ ބަލަން ޖެހިފައެވެ.
ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުއްދަ ދީފައިވާއިރު، ކާބޯތަކެއްޗާއި، ސިއްހީ ވަސީލަތްތަކާއެކު އިއްޔެ 600އެއްހައި ޓްރަކް ޣައްޒާ އަށް ވަދެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަނގުރާމަ މެދުކަނޑައިލިނަމަވެސް، އަލުން ފަށާނަމަ، އެކަން ކުރާނީ މާ ވަރުގަދަކޮށް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބުނެފައެވެ.

