މިދިޔަ ހޯމަ ދުވަހު ބޭއްވި އިނގިރޭސީ ރާނީ އެލިޒަބަތު ދޭއްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް
އިބްރާހީމް ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހުމަދު ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެ ކަނބަލުން މި ދަތުރުފުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނެވުމުގެ އިތުރުން ރާނީ އަވަހާރަވުމާ ގުޅިގެން ލަންޑަނުގެ ލެންކަސްޓަ ހައުސްގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ތަޢުޒިޔާގެ މެސެޖު ވެސް ލިޔުއްވިއެވެ.
ރާނީ އެލިޒަބަތު ދޭއް 96 އަހަރުގައި އަވަހާރަވީ މި މަހުގެ 8ގައެވެ. އެކަމަނާގެ ޖަނާޒާގައި ދުނިޔޭގެ ވަރަށް ގިނަ ލީޑަރުން ބައިވެރިވެވަޑައިގަތެވެ.
