ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް( ޕީއެންސީ)ގެ ދަފްތަރާމެދު ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

ޕީއެންސީގެ ދަފްތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ހުޅުވައިލީ މިދިޔަ ޖެނުއަރީ 10 ގައެވެ.

ީޕީއެންސީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މިހައިތަނަށް ލިބިފައި ހުރި ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ޕާޓީން ބުނީ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ޕާޓީގެ ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވާތީ ކަމަށެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ އޭޕްރިލް 13 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ޕީއެންސީއަށް ބައެއް މީހުން ނޭނގި ވައްދާފައިވާ ކަމަށް މީސްމީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވެއެވެ.