ގާނޫނާ ލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަަހައްދުގައި ބޭރުގެ މަސް ބޯޓެއް ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދާ ކަމުގެ ރިޕޯޓް އެމްއާރުސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރު، އެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން ކަމަށެވެ.
މި ރިޕޯޓް ލިބުމާއެކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑް ސްކޮޑްރަންގެ ”މާފަތް“ ލޯންޗް އެ ސަރަހަށްދަށް ގޮސް މިއަދު 14:00 ހާއިރު އެ ބޯޓް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައިވާ ކމަށާއި މި ބޯޓް ކޯސްޓްގާޑަށް ފެނިފައި ވަނީ ލ.އިސްދޫމުލީގެ އިރުއުތުރުން 15 ނޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
